ޓާމިނަލް ހުޅުވަން އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕެސެންޖަ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި އެވެ.ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން މިއަދު ވަނީ އެމްއޭސީއެލް އިން ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑްގައި ހިމަނާ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.މި ރެކޯޑް ހެދީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެންނެވެ.އެމްއޭސީއެލްއަށް ރެކޯޑް ހެދި ކަމުގެ ލިޔުން ހަވާލުކުރީ އެޑްޖީޓިކޭޓަ ފޮ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީ އެވެ.ޓާމިނަލް ހުޅުވި ގަޑީގައި ރޭ ވަނީ މިއުޒިކާ އެކު އެއް ވަގުތެއްގައި 19 ސަރަހައްދެއްގައި ހަވާ އަރުވާފަ އެވެ. އެއީ ހުޅުލޭގެ އިތުރުން ހުޅުމާލެ އަދި މާލެ ވަށައިގެންވާ ސަރަހައްދު ހިމަނައިގެންނެވެ.ރޭ ވެލާނާ އެއާޕޯޓުގައި ހުޅުވި އާ ޓާމިނަލަކީ ޒަމާނީ ގިނަ ވަސީލަތްތަކާއެކު، އާ ހިދުމަތްތައް ވެސް ހިމެނޭގޮތަށް ހުޅުވި ޓާމިނަލެކެވެ.ޓާމިނަލުގައި ހުރި ފާހަގަކޮށްލެވޭ ކަންކަން:ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރުސެލްފް ޗެކިން އަށް ހަ ކިއޯސްކްއިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރުކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއްޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ހަތަރު ވޯކަލޭޓާ14 އެސްކެލޭޓަރުސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖްރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރުޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓްވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ