ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ދެމުން އަންނަ ހިދުމަތް އިތުރަށް ފުޅާކުރުމަށް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި އާ ބްރާންޗުގެ ބިންގާ މިއަދު އަޅައިފި އެވެ.
ވީ ކިހިނެއް؟ - މި ހިދުމަތް ތައާރަފްކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:
ރައީސް މުހައްމަދު މުއިއްޒު
ވަޒީރުން
ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންނާއި އިސް ބޭފުޅުން
ބުނީ ކީކޭ؟ - "ތޮއްޑޫގައި އެންމެ ފުރަތަމަ ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށީ މީގެ 5 އަހަރު ކުރިން. މިއަދު މިރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިގެންދާއިރު، މި ރަށުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު އެހެން ރަށަކަށް ދަތުރު ނުކޮށް މިހާރު ލިބޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"މި ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބްރާންޗުގެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭ ނިމޭނެ. މިއާ އެކު، ބޭންކިން ހިދުމަތް މިރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާ އެކު ފޯރުކޮށްދެވިގެންދާނެ."
އެނގުން މުހިންމު - ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ތޮއްޑޫގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ އިތުރުން ބީއެމްއެލް އިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދެނީ:
މާލެ
އައްޑޫ
ހުޅުމާލެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ހދ. ކުޅުދުއްފުށި
ކ. މާފުށި
20 އަތޮޅުގައި 41 ބްރާންޗު
144 ސެލްފް ސާވިސް ބޭންކިން ސެންޓަރު
201 އޭޓީއެމް
އޭޖެންޓު ބޭންކިންގެ ހިދުމަތް
އެންމެ ޒަމާނީ އޮންލައިން ބޭންކިން
ބީއެމްއެލްއިން ތޮއްޑޫގައި ޑޮލަރު އޭޓީއެމް ހިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ