ކުޑަކުދިންނަށް އާއްމުކޮށްދޭ 'ކޮފްސީ ސިރަޕް' މަނާކޮށްފި

ކެއްސުމާއި ރޯގާއަށް ރާއްޖޭގައި އާއްމުކޮށް ދޭ އުޅޭ ބޭހެއް ކަމަށްވާ، 'ކޮފްސީ ސިރަޕް' މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ބޭސް އާއްމުކޮށް ކުޑަކުދިންނަށް ދީ އުޅެ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީން މިއަދު ނެރުނު އެލާޓެއްގައި ބުނީ ރާއްޖޭގައި މިހާރު ވިއްކަން ހުރި ކޮފްސީ ސިރަޕުން ކޮލިޓީ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ މިއަދުން ފެށިގެން، އެ ބޭސް ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާކަމެއް ކަމަށް ބުންޏެވެ. އަދި އެއްވެސް ބޭސް ފިހާރައެއްގައި މި ބޭސް ހުރި ނަމަ، އުސޫލާ އެއްގޮތަށް ނައްތާލުމަށް އެލާޓުގައި ބުނެފައި ވެ އެވެ.
އެތަނުން ބުނިގޮތުގައި މި ބޭސް ބޭނުންކޮށްގެން ސިއްހީ މައްސަލައެއް ދިމާވި ކަމަކަށް މިހާތަނަކަށް އެތަނަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.
''ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަން ޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ދަންނަވަމެވެ،" ހެލްތު މިނިސްޓްރީގެ އެލާޓުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ