އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް)އިން ވައިޓް އެލާޓް ނެރެފިއެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް މިއަދު ހެނދުނު 8:45 އިން މެންދުރުފަހު 2:00 އާއި ހަމައަށެވެ.
މެޓް އިން ވިދާޅުވީ، ވައިޓް އެލާޓް ނެރެފައިވާ ވަގުތުގައި އެ އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށާ ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
ކުރިޔަށް އޮތް ވަގުތުތަކުގައި މުޅި ރާއްޖޭގެ މޫސުމަށް ބަލާއިރު އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި އެކު ރާއްޖޭގެ އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށށްވެސް މެޓުން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާ ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަނޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ވާއިރު ކެރިގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރައްވައެވެ.
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެދާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ