ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ދުންޔާ މައުމޫން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
ދުންޔާ މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ފާރިސްއަށާއި ފާރިސްގެ އަނބިކަނބަލުންނާއި ދަރިކަލުންނަށް ހިތްވަރު ދެއްވާފައެވެ. އަދި "ފެނަށްވުރެ ލޭ ބޯވާނެ" ކަމަށް ވިދާޅުވެފައެވެ. އޭގެ މާނައަކީ ކާންބޯން މަސައްކަތް ކުރުމުގެގޮތުން އަދާކުރާ ވަޒީފާއަށްވުރެ އާއިލާ މާ މުހިންމު ކަމަށެވެ.
ދުންޔާ މިހެން ވިދާޅުވެފައިވަނީ ކޮއްކޯފުުޅު ފާރިސް މައުމޫން މިއަދު މެންދުރު 13:15 ހާއިރު ހައްޔަރުކޮށް ފާރިސް ދިރިއުޅުއްވާގެ މ.ސްނޯރޯސްގޭ 6 ވަނަ ފަންގިފިލާ އަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެއް ބަލާފާސް ކުރުމުންނެވެ.
އެ ކޯޓު އަމުރުގައި ވާގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާފާސްކުރަން ޖެހޭނެއެވެ.
ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެންބަރުންގެ ވޯޓު ހޯދެއްވުމަށްޓަކައި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައެވެ.
ވަޒީފާއަށްވުރެ އާއިލާ މާ މުހިންމު: ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ