ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށަހަޅައިފި އެެވެ.
ގާޒީ ފަރުހާދާއި ދެކޮޅަށް ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހްމަދު ޏާޒިމް އަބްދުއްސައްތާރެވެ.
ގާޒީ ފަރުހާދާއި ދެކޮޅަށް ނާޒިމް މައްސަލަ ހުށަހެޅުއްވީ ކޯޓަށް ހާޒިރުވާންޖެހޭ މީހަކަށް ކޯޓަށް ހާޒިރުވުމުގެ އެއް ދުވަސް ކުރިން ޗިޓު ފޮނުވުމުން ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ކޯޓަށް ހާޒިރު ނުވެވޭނެކަން އޭނާ އަންގާފައި ވަނިކޮށް، ކޯޓަށް ހާޒިރު ނުވީ ކަމަށް ގާޒީ ފަރުހާދު ކަނޑައަޅަފައިވާތީ އެވެ.
ނާޒިމް ހުށަހެޅުއްވި މައްސަލާގައި ވަނީ ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމަށްފަހު އޭނާ ކޯޓަށް ހާޒިރުނުވުމުން ހުށަހަޅާފައިވާ މައްސަލަ ގާޒީ ފަރުހާދު ބާތިލްކޮށްފައިވާ ކަމަށެވެ.
މީގެކުރިން ނާޒިމް ވަނީ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމާ ދެކޮޅަށް ވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
ގާޒީ ފަރުހާދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ