އޯޓިޒަމް އެސޯސިއޭޝަންގެ އުންމީދަކީ ތަރައްޤީ ކުރަމުންގެންދާ އެ އެސޯސިއޭޝަނުގެ އައު ސްކޫލް އިމާރާތުގެ މަސައްކަތްތައް ނިމި އަންނަ އަހަރު ހުޅުވުމުން ގްރޭޑް ކްލާސްތައް ވެސް އެ ސްކޫލުގައި ފެށުން ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެފިއެވެ.
އެސޯސިއޭޝަނުގެ އެމްޑީ އިފްހާމް ޙުސައިން މިއަދު ވިދާޅުވީ އެ ސްކޫލްގައި ކިޔަވަން ފެށުމުން ނަރސަރީ އަދި ގްރޭޑް 1 ގައި ކިޔަވައިދެއްވަން ފަށްޓަވަން ޤަޞްދުކުރައްވާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަން ފަށްޓަވަން މަސައްކަތް ކުރައްވަނީ އޯޓިޒަމް ކުދިންނަށް ބައެއް ސްކޫލްތަކުން މިހާރުވެސް އިހްމާލްވެ އަޅައިލުން ކުޑަކުރަމުން ގެންދާތީ ކަމަށެވެ.
"ބައެއް ސްކޫލްތަކުން މިހާރުވެސް އޯޓިޒަމް ކުދިން އެބަ ބައިތިއްބާ ކްލާހުގެ އެންމެ ފަހަތުގައި. ނޫނީ ގަޑި ނިމެންދެން ލައިބްރަރީގައިވެސް. މިއީ ވަރަށް ދެރަކޮށް ކުރަމުންގެންދާ ކަމެއް."
އިފްހާމް ވިދާޅުވީ އައު ސްކޫލް ނިމުމުން 400 ވަރަކަށް ކުދިންނަށް ޖާގަ ހަމަޖެހިގެންދާނެ ކަމަށެވެ. މިހާރު ވެސް އެ އެސޯސިއޭޝަނުން ގެންދަނީ 90 އަށްވުރެ ގިނަ ކުދިން ތަމްރީނުކުރަމުންނެވެ. އެކުދިންގެ ޚިދުމަތުގައި 30 އަށްވުރެ ގިނަ ޓީޗަރުން ޚިދުމަތް ކުރެއެވެ.
އިފްހާމް އަކީ ކުރިން ސްކޫލުތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޣިޔާސުއްދީން ސްކޫލު ފެށިގެން އައިއިރު އެސްކޫލްގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
އިފްހާމް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ އެދުވަސްވަރު ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާތަކުގެ ސަބަބުން ކަމަށެވެ.
އުންމީދަކީ އައު ސްކޫލް ހުޅުވުމުން ގްރޭޑް ކްލާސްތައް ވެސް ފެށުން: އިފްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ