ކަރަންޓު އަގު ބޮޑުވުމުގެ މައްސަލައަށް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހައްލެއް ހޯދައިދެނީ

މާލެ އަތޮޅު ރައްތަކުގެ ކަރަންޓު އަގުބޮޑުވުމުގެ މައްސަލައަށް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭ ހައްލެއް ހޯދަދިނުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއިން މިގޮތަށް އެއްބަސްވީ މާލެ އަތޮޅު ރަށްތަކުގެ ކައުންސިލް މެމްބަރުންގެ ޓީމެއް މާލެ ވަޑައިގެން އެންވަޔަރަންމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ މިމައްސަލާގައި ހޯމް މިނިސްޓަރާއި ވެސް ބައްދަލުކުރެއްވި ކަމަށާއި، ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް މިނިސްޓަރު ވެސް ވިދާޅުވެފައިވާ ކަމަށެވެ.
މިހާރުގެ ޓެރިފް ރޭޓް ކުޑަ ކުރުމާއި، ނުވަތަ މާލޭގެ ކަރަންޓް ރޭޓްއަށް އަގު ކުޑަ ކުރަން އެދިފައިވާނެ ކަމަށާއި، ކުޑަ ނުވާ ނަމަ ކައުންސިލަށް އިންޖީނުގެ ހަވާލުކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޒާހަރާ އަށް ނުކުންނަން ޖެހުނީ ހަފްތާއެއްހާ ދުވަހު މަސައްކަތްކޮށް ވެސް ހައްލެއް ނުލިބުމުން ކަމަށެވެ.
މާލެ އަތޮޅު ކަރަންޓުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށާއި، 7000 ރުފިޔާގެ ބިލުތައް މިހާރު ހުރީ 16000 ގައި ކަމަށްވެސް ވިދާޅުވި އެވެ.
ސަރުކާރުން ގެނައި މި ބަދަލާއި ގުޅިގެން ދެބައި ކުޅަ އެއްބައި ކަރަންޓުން ބޮޑުވުން މިއީ ހައްލެއް ނޫން ކަމަށާއި، މިހާރު އެންވަޔަރަންމަންޓް މިނިސްޓްރީން އިތުރު މަޝްވަރާއެއް ސްޓެލްކޯއާއެކު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޔާމިން ވިދާޅުވި އެވެ.
ކައުންސިލަށާއި، ސަރުކާރަށް 10 ދުވަސް ދީ މުޒާހަރާ މަޑު ޖައްސާލުމަށް ވެސް ޔާމިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ