ވިލުފުށި ޕޮލިސް ސްޓޭޝަނާއި ވިލުފުށި ސްކޫލް ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކޮޅުމަޑުލު ވިލުފުށި ޕޮލިސް ސްޓޭޝަނާއި އެރަށު ސްކޫލު ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންނޮސްފިއެވެ.
ފުލުހުން ބުނީ މި މާރިޗު މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މި ޕްރޮގްރާމަކީ ފުލުހުންނާއ ތ.ވިލުފުށީ ސްކޫލް ގުޅިގެން ވިލުފުށީގައި މަދިރި ކޮންޓްރޯލްކޮށް ރަށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
މިމަސައްކަތުގައި ރަށުގެ އެކިސަރަހައްދުތަކުގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ އިތުރުން ރަށުގައި މަދިރިއުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލާފައިވާކަމަށް ފުލުހުން ބުނެއެވެ.
މިމަސައްކަތުގައި ވިލުފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީގައި ހުރި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ