ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރާނެ އިތުރު ކަމެއް ދެން ނޯންނާނެ: ގާސިމް

ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެންފުށީ ރައްޔިތުންނާ މުހާތަބު ކުރައްވާ މިހާރުގެ ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރާނެ އިތުރު އެއްވެސް މަސައްކަތެއް ދެން ނޯންނާނެކަމުގައި ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމް އިން އިންތިޚާބުގެ މައްސަލަ ސުޕްރީމްކޯޓަށް ވައްދާފައިވާ މައްސަލާއާއި  ޖޭޕީއާއި ގުޅުވައިގެން އެތައްތުހުމަތު ތަކެއް ބައެއް ފަރާތްތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. 
މިކަމަށް ރައްދު ދެއްވާ ވާހަކަ ދައްކަމުން ގާސިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް މީގެކުރިންވެސް ދަންނަވާފައި ވާނެ ކަމަށެވެ. ވީމާ ޖޭޕއޭކިޔައިގެން މިހާރުފަތުރަމުން އެދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.  
މިދަތުރުފުޅުގައި ގާސިމްގެ އިބްރާހިމްގެ އިތުރުން އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަލީ ވަހީދު އާއި ޖޭޕީގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. 
ގާސިމް އަނބިކަނބަލުން ވަނީ ފެންފުށީ ރައްޔިތުން ގާސިމްގެ ޓީމް އަށް ދެއްނެވީ ހޫނު މަރުހަބާއަށް މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން ގާސިމް ފެންފުއްޑަށް ވަޑައިނެވުމުން ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔަކަމުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ