މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން އާއިލާއާއެކު ދަތުރު ދާނެ ރަށެއް 100 ދުވަހުގެ ތެރޭގައި ޚާއްޞަ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހާމަކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ މާލެ ސިޓީގެ ރައްޔިތުން ހަފްތާ ބަންދުގައި އާއިލާ އާއި އެކު ދަތުރު ދިޔުމަށް މާލެއާ ގާތުން ރަށެއް ހާއްސަކުރެވޭނެ ކަމަށެވެ.
އަދި ޕިކްނިކް ދާނެ ސަރަހައްދެއް ނެތް ރަށްރަށުގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައެޅޭނެ ކަމަށެވެ.
އަދި ހަފްތާ ނިންމުމުގެ ގޮތުން ވީކެންޑް މާރކެޓް އާއި މުނިފޫހި ފިލުވުމުގެ ޕްރޮގަރާމް ފެށޭނެ ކަމަށްވެސް އެއެޖެންޑާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މާލެ ރާޅުގަޑު، އާޓިފިޝަލް ބީޗް، އުސްފަސްގަޑު، ލޮނުޒިޔާރަތް ސަރަހައްދު ހިތްފަސޭހަ ތަނަކަށް ހެދުމާއި ހުޅުމާލޭގައި ރޭގަޑު މޫދަށް އެރެވޭނެ ގޮތް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މާލޭގައި ކަޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެދުނު ބަންދުކޮށް އާއިލާ އާއި ކުޑަކުދިންނަށް ޖަޒީރާ މާހައުލެއް ހޯދައިދެވޭނެ ކަމަށްވެސް އެޖެންޑާގައި ބުނެފައިވެއެވެ.
އަދި ހުޅުމާލޭގައި ޕަބްލިކް ޓޮއިލެޓް ގާއިމްކުރެވޭނެ ކަމަށް އެއެޖެންޑާގައި ބުނެފައި ވެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް 100 ދުވަހުގެ ތެރޭގައި ހަމަޖައްސަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ