ނިލަންދޫގައި ވިޔަފާރިވެރިއަކު ރަށުން ބާލަން ރައްޔިތުން ނިކުމެއްޖެ

ފ. ނިލަންދޫގައި ވިޔަފާރިވެރިއަކު ރަށުން ބާލަން އެ ރަށު ރައްޔިތުން ނިކުމެއްޖެއެވެ.
ނިލަންދޫގައި ހިނގާ ކަންކަން ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމުގައިވާ ނިލަންދެ (ޑޮޓް) ކޮމްގައި ބުނެފައިވާގޮތުގައި ރައްޔިތުން ނިކުތީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރާ ކ އަތޮޅު ރަށަކަށް ނިސްބަތްވާ މީހަކު އެ ރަށުން ބޭލުމަށެވެ.
އެ ވިޔަފާރިވެރިޔާ ރަށުން ބޭލުމަށް ރައްޔިތުން މަސައްކަތް ފަށާފައިވަނީ އެ ވިޔަފާރިވެރިޔާ އިސްވެ ހުރެ ނިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގިނަ ޒުވާނުންތަކެއް އެ ވަބާގައި ޖައްސަމުންދާކަމުގެ ތުހުމަތުގައި ކަމަށް އެ ޕޭޖްގައި ބުނެފައިވެއެވެ.
މިކަމުގެ މައުލޫމާތު ހޯދާލުމަށް ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދަށް ގުޅާލުމުން ވިދާޅުވީ އެފަދަ ކަމެއް ރަށުގައި ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އަޕްޑޭޓެއް ބަލާލުމަށްފަހު އިތުރު މައުލޫމާތު ދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ