ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ޤަރާރާއި ގުޅިގެން ޕީޕީއެމްގެ ބައެއް މެންބަރުން އެ މައްސަލަ ސިޔާސީ ކުރަން މަޖިލީހުގައި ދެއްކި ވާހަކަތަކުން މެންބަރުން ފަޟީޙަތްވެ އެ ދާއިރާތަކުގެ ރައްޔިތުންގެ ގިނަ ބައަކު ރަތަށް އަރައިފިއެވެ.
ޕީޕީއެމްގެ ބައެއް މެންބަރުން މިއަދު ވިދާޅުވީ އެ މެންބަރުންގެ ދާއިރާތަކުގެ ގިނަ ބައަކަށް ނުޙައްޤުން ޙުކުމްކޮށް 20، 30 އަހަރަށް ޖަލުގައި ބަންދުކޮށްފައިވާކަމަށެވެ. އެހެންކަމުން އެ މެންބަރުންގެ މައްސަލަތައްވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި މަޖިލީހުގައި ބަހުސް ކުރެވެން ޖެހޭނެ ކަމަށެވެ. އެމީހުންގެ ޙައްޤުތައްވެސް ހޯދައި ދެވެން ޖެހޭނެ ކަމަށެވެ.
ދާއިރާތަކުގެ ރައްޔިތުން ބުނަނީ ޕީޕީއެމުގެ ވެރިކަމުގެ 5 އަހަރު ނިމިގެން މިއަދާއި ހަމައަށް މިއައީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ޢާއި ހުރިހާ ބާރުތަކެއް ޕީޕީއެމަށް އޮވެގެން ކަމަށްވާއިރު ނުޙައްޤުން ޙުކުމް ކޮށްފައި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ޖަލުގެ ގޮޅިތަކުގައި ތިބިއިރު 5 އަހަރުވީއިރު ހަމަ އަޅައިވެސް ނުލައި ތިބީ އެކަންކަން ހަމަ ނުއެނގޭތީ ކަމަށްވާނަމަ އެވަރުގެ ބައަކަށް އިތުރަށް ދޭނެ ވޯޓެއް ނެތް ކަމަށެވެ. މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތާއި ބާރު އޮވެމެ މަޖިލީހަށް ޤަރާރެއްވެސް ނުވައްދައި ތިބެފައި އެވާހަކަ ވެސް ނުދައްކައި ތިބެފައި މިއަދު ކުއްލިއަކަށް ޖަލުގައި ދާއިރާގެ ރައްޔިތުން ތިބިކަން އެނގުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ޕީޕީއެމުން ބޭނުންވި ކޮންމެ ޙުކުމެއް ކޯޓުތަކުން ނެރުވަމުން ގެންދިއައިރު އިންޞާފުން ބޭރުން ޖަލުތަކުގައި ބަންދުކޮށްފައި ތިބި ދާއިރާގެ ރައްޔިތުންނަށް އިންޞާފު ހޯދައި ނުދީ ހިމޭނުން ތިބީ ހަމަ ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން ބޭނުންވާ މިންވަރު ބޮޑުކަމުންތޯ ވެސް ރައްޔިތުން ދަނީ ސުވާލުކުރަމުންނެވެ.
"މިއަދުގެ ޖަލްސާގައި އެދެއްކި ފަދަ ވާހަކަތައް މީގެ ކުރިން ދެއްކި އަޑެއް ނުވެސް އިވޭ! ޙަޤީޤަތަކީ ހަމަ އަޅައިވެސް ނުލާކަން. އިންޞާފު ނުލިބިގެން އިދިކޮޅު މެނަބަރުން މަޖިލީހުގައި ދެއްކި ވާހަކަތަކަށް ކަނޑައެޅިގެން ކުރަމުން އައީ ޖެއްސުން. ކުރީ މަލާމާތާ ފުރައްސާރަ. ދެން މަޖިލީހުގެ މެޖޯރިޓީ މިއަދު ގެއްލުނީމާ ހަމަ ކުއްލިއަކަށް ހުރިހާ ކަމެއް ހަނދާންވި ކަމަށް މިވަނީ. ދާއިރާގެ ގިނަ އަދަދެއްގެ ރައިޔުތުންނަށް ނުޙައްޤުން އަނިޔާ ލިބެމުން އަންނަކަންވެސް އެނގުނީ." މިއަދުނޫހަށް މައުލޫމާތު ދިން ބައެއް ރައްޔިތުން ބުނެފައިވެއެވެ.
"ބާރު އޮތްއިރު ކީއްވެތޯ އެވާހަކަތައް ނުދެއްކީ؟ ޤަރާރުތައް ހުށަނޭޅީ؟ ކާކުތޯ އެކަންކަން ކުރަން މަނާކުރީ؟" މިފަދަ ސުވާލުތައްވެސް ކޮށްފައިވެއެވެ.
ރައިސް ނަޝީދު މިނިވަންކުރަން ގޮވާލާ ޤަރާރު ސިޔާސީ ކުރަން ޕީޕީއެމްގެ މެންބަރުން ދެއްކި ވާހަކައިން އަމިއްލައަށް ފަޟީޙަތްވެ ދާއިރާތަކުގެ ރައްޔިތުން ރަތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ