ކަރަންޓުގެ އަގުހެޔޮކުރުމަށް ޑީސެލް އިން ޑިއުޓީކަނޑާލަން ހުށަހަޅައިފި

ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމަށާއި، މަސްވެރިންނަށް އަގުހެކޮށް ޑީސެލް ފޯރުކޮށްދިނުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޑިސެލް އިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅުއްވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކަރަންޓުގެއަގު މިހާރަށްވުރެ ހެޔޮކުރުމަށާއި މަސްވެރިންނަށް އަގުހެޔޮކޮށް ޑީސެލް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރު ބޭނުން ކުރާ ޑީސެލާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލް އިން އިމްޕޯޓް ޑިއުޓީ މާފްކޮށްދިނުމަށް މުސްތަފާ ވަނީ ހުށަހަޅައިފަ އެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ވާއިރު ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ  ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފްކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ