ޕީޕީއެމުން ކުރާ މަސައްކަތަކުން މޭކަރާ ބަޔަކު މޭކަރާ ފާނެ ކަމަށާއި، ހިތްދަތިކަން ލިބޭ ބަޔަކު ހިތްދަތިކަން ލިބެން ތިބެދާނެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެންދެރިމާގޭގައި، ޕީޕީއެމްގެ މެންބަރުންނަށް ރައީސް މައުމޫން ދެއްވި މާހެފުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއިން މަސައްކަތްކުރާނީ ވަކި މީހަކު ކުރިއަރުވާ، ވަކި މީހަކު ބަލިކުރަން ނޫންކަމަށާއި ޕީޕީއެމުން މަސައްކަތް ކުރަމުންދަނީ ގައުމަށާއި ރައްޔިތުންނަށް ހަމަޖެހުމާއި އުފާ ފަގަތިކަން ގެނެސް ދިނުމަށް ކަމަށެވެ.
”އެއްވެސް ހާލެއްގައި އެހެންބަޔަކު ކުރާ ކަމެއްގެ ތެރެއަށް އަޅުގަނޑުމެން ވަދެގެން ނުވާނެ. އަޅުގަނޑުމެން ތިބެންވާނީ އަޅުގަނޑުމެންގެ ގޮތުގައި. އަޅުގަނޑުމެން ތިބެންވާނީ ވަރުގަދަ އަޒުމަކާއެކީގައި. އަޅުގަނޑުމެން ކުރާ މަސައްކަތުން މޭކަރާ ބަޔަކު މޭކަރާފާނެ. ނުވަތަ ހިތްދަތިކަން ލިބޭ ބަޔަކު ހިތްދަތިކަން ލިބެން ތިބެދާނެ.” މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމް ކުރިއެރުވުމަށް މެމްބަރުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޒާން މަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެ އެވެ.
އެންދެރިމާލަމުގައި އޮތް މާހެފުމުގައި ޕީޕީއެމްގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާއި ސަރުކާރުގައި ޕީޕީއެމް ތަމްސީލްކުރާ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
ޕީޕީއެމްއިން ކުރާ މަސައްކަތުގައި ބަޔަކު މޭކަރާފާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ