މައި ކޭބަލަކަށް ގެއްލުން ލިބި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

ކަރަންޓް ދިނުމަށް ބިމުއަޑިން އަޅާފައިވާ ކޭބަލަކަށް ގެއްލުން ލިބި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، މާފަންނު ވެސްޓްޕާކް ސަރަހައްދުގައި އަޅާފައިވާ މެއިން ޑިސްޓްރިބިއުޝަން ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައި ކަމަށާއި، ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މައްސަލަ ހައްލުކޮށް އަލުން އެސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށޭނެ ކަމުގައިސް ސްޓެލްކޯއިން ބުނެފައި ވެެއެވެ.
މާލޭގައި ކަރަންޓްގެ ޚިދުމަތް ދިނުމަށް، ކޭބަލްތައް އަޅާފައި ހުންނަނީ ބިމު އަޑިންނެވެ. އަދި ބައެއް އުމުރާނީ މަސައްކަތްތަަކަށް މަގު ކޮނުން ފަދަ ކަންކަމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުން ލިބޭ މައްސަލަތައް ކުރިމަތިވެއެވެ.
މާފަންނުގެ ސަރަހައްދު ތަކުން ކަރަންޓްގެ ޚިދުމަތް ކެނޑިފައިވަނީ މިއަދު ހެނދުނު 9:00 ޖަހަން ކައިރިވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ