ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓު މޮބިލައިޒްކޮށްފިއެވެ.
އެކަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމާއި ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖުމުލަ ފަސް މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 28، 2020 ގައެވެ. އެއީ 100 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ