ރައީސް ޔާމީންގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 5 އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސި ކޮރަޕްޝަން މައްސަލައާއި ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއެއްގަ އެވެ.
އެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ދަމަހައްޓާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަންޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ބެންޗުގައި ހިމެނިވަޑައިގެންނެވި އެއް ފަނޑިޔާރަކު ވަނީ ހުކުމާއި ދެކޮޅު ރައުޔެއް ނެރުއްވައިފަ އެވެ. އެއީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅޭ އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެއްގެ ޝަރީއަތް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ