ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުސްވެފައިވާ ނާއިބު ރައީސްކަމުގެ މަގާމަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކޮށްފައިވާ އަބްދުﷲ ދީދީ ހަމަޖައްސަވައިފި އެވެ.
އަބްދުﷲ ދީދީ އަކީ ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީ އެކެވެ. 
ޖޭއެސްސީ އިން މިއަދު ބުނީ ކޮމިޝަންގެ ނާއިބް ރައީސް ކަމަށް އަބްދުﷲ ދީދީ ހޮއްވަވާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ 43 ވަނަ ބައްދަލުވުމުގައި ކަމަށާއި ނާއިބް ރައީސް ކަމަށް އޭނާގެ ނަން ހުށަހެޅުއްވީ ކޮމިޝަންގެ މެންބަރު އަބްދުﷲ ޝާހިދު ކަމަށެވެ.
ޖޭއެސްސީ އިން ބުނީ އަބްދުﷲ ދީދީ ކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގެންފައި ވަނީ، އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުން ކަމަށާއި އޭނާގެ އިތުރުން އެ މަގާމަށް އިތުރު އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ކަމަށެވެ. 
މީގެ ކުރިން ޖޭއެސްސީގެ ނާއިބް ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ބަންޑާރަ ނާއިބް އަބްދުﷲ މުއިއްޒު އެވެ.
    
    ޖޭއެސްސީގެ ނާއިބު ރައީސްގެ މަގާމަށް އަބްދުﷲ ދީދީ ހަމަޖައްސައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            