އެއްވެސް ސަބަބަކާހުރެ މި ސަރުކާރުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ "އޮންނާނީ ގެޔަށްގޮސް ޓީވީ ބަލަން" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބުނެފިއެވެ.
އުމަރު އިސްތިއުފާ ދެއްވުމުގެ ކުރިން މިދިޔަ އާދީއްތަ ދުވަހު ސަން އަށް ދެއްވި އިންޓަވިއުއެއް ގައި އުމަރު ވިދާޅުވެފައިވަނީ މަޤާމު ގެއްލޭ ދުވަހަކުންވެސް އެހެން ބޭފުޅުން އުޅުއްވާހެން ނޫޅުއްވާނެ ކަމަށެވެ. ބެލެވޭގޮތުގައި، އޭނާ އެ ފާހަގަކުރައްވަނީ އެހެން ފަރާތްތަކުން ސަރުކާރުން ނުކުތުމަށްފަހު، އިދިކޮޅު ފަރާތްތަކާ ގުޅެމުންދާ ވާހަކައެވެ.
އުމަރު ވިދާޅުވެފައިވަނީ އޭނާ ރައީސް ނަޝީދުގެ އުނގަކަށް ނާރާނެ ކަމަށާއި އެއީ ދުވަހަކުވެސް އޭނާ ނުކުރައްވާނެ ކަމެއް ކަމަށެވެ.
އެހެންނަމަވެސް، އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސް އަބުދުﷲ ޔާމީނާ ވާދަކުރައްވައިގެން އިންތިހާބުން ބޮޑު ތަފާތަކުން ބަލިވުމަށްފަހު، އޭނާ އެ ދުވަސްވަރު ވަނީ ޖުމްހޫރީ ޕާޓީގެ ނިވަލަށް ވަންނަވާ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއެކު މަސައްކަތް ކުރައްވާފައި ކަމުން، އެހެން ފަރާތަކާ ނުގުޅޭނެ ކަން ނުވަތަ ނޫންކަން ކަށަވަރުވާނީ ސިޔާސީ މަސްރަހު ކުރިޔަށްދާ ގޮތަކުން ކަމަށް ވަނީ ބެލެވިފައެވެ.
އިސްތިއުފާ ދިނުމަށްފަހު "އޮންނާނީ ޓީވީ ބަލަން" - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ