ކަރަންޓް ދިޔުމުން އިސްލާމިކް ޔުނިވާސިޓީގެ ލިފްޓް ތެރޭގައި ދަރިވަރަކު ތާށިވެއްޖެ

މިއަދު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔަ ގަޑީގައި، މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ލިފްޓް ތެރޭގައި އެތަނުގައި ކިޔަވަމުންދާ އަންހެން ދަރިވަރަކު ތާށިވެއްޖެއެވެ.
މަންޒަރު ދުށް ފަރާތަކުން "ވަގުތަށް" މައުލޫމާތުދެމުން ބުނީ، 20 ވަރަކަށް މިނެޓަށް އެ ދަރިވަރު ލިފްޓްތެރޭ ތާށިވެފައި ހުރި ކަމަށެވެ. އެ ދަރިވަރު ސަލާމަތްކުރީ 15:15 ހާއިރު އެމްއެންޑީއެފްގެ ސައިފައިން އައިސްގެން ކަމަށްވެސް އޭނާ ބުންޏެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑުނީ، އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯގެ ސީނިއާ އިންޖީނިއާ އިބްރާހިމް ރައޫފު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ކަރަންޓް ލިބޭނެ ކަމަށް ރައޫފު ވިދާޅުވިއެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔުމާ ގުޅިގެން، މޮބައިލް އިންޓަނެޓްގެ ހިދުމަތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ