އުތުރަށް ވިއްސާރަ، އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރަށް ވިއްސާރަ ކުރާނެ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވެ އެވެ.
ދެކުނާއި މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބެލެވޭއިރު، ވައި އެންމެ ގަދަވާނީ ދެކުނަށެވެ. އެއީ އިރު ދެކުނާއި ދެކުނު ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.
އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މި ދުވަސްވަރު ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރަމުން ދިޔަ ނަމަވެސް، ފާއިތުވި ދެ ދުވަހު މޫސުން ރަނގަޅެވެ. އެކަމަކު މިއަދު އަނެއްކާ ވެސް ދަނީ މާލެއަށް ބޯކޮށް ވާރޭ ވެހެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ