އައްޑޫއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކޮށް ނުދެވި ފެނަކައިން ޝުކުރު އަދާކޮށްފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކޮށް ނުދީ އައްޑޫގެ ރައްޔިތުން ދައްކަމުންދާ ކެތްތެރިކަމުގެ ނަމޫނާއަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ޝުކުރު އަދާކޮށްފިއެވެ.ފެނަކައިން އައްޑޫގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައި ވަނީ އިއްޔެ ހަވީރު 4:30 ހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައިވާ އޮންނަތާ 8 ގަޑިއިރުވެގެން ދިޔައިރުވެސް އެކަމާމެދު އެއްވެސް އެއްޗެއް ނުބުނެ އޮތުމަށްފަހު، ކުރި ޓްވީޓެއްގައެވެ.ފެނަކައިގެ ޓްވީޓުގައި ވަނީ އަައްޑޫސިޓީގެ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ޙައްލުކޮށް ޚިދްމަތް އިއާދަ ކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.މި މައްސަލައިގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ފާޑު ކިޔުން ވަނީ ފެނަކައަށް އަމާޒުވެފައެވެ. އެގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކުރުމަށް ފެނަކަ އިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.ކަރަންޓު ނެތުމުގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުން ރޭ ތިބީ ކުޑަކުދިން ގޮވައިގެން މަގުމައްޗަށް ނިކުމެއެވެ. ގިނަގޭގޭގައި ފުޅިބައްތިއެއްވެސް ނެތްއިރު ފިހާރަތަކުން އުއްބައްތިވެސް ހުސްވެފައިވާ ކަމަށް ބައެއް ރަށްރަށުން ބުނެއެވެ.މި މައްސަލައިގައި އައްޑޫ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި އިޙްސާސްތައް ބަންޑުން ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ އައްޑޫއިން ހޮވި 7 މެމްބަރުން އަމިއްލަ އެދުން ޙާސިލް ކުރުމުގައި އަވަދިނެތި، އުޅުއްވާއިރު ވޯޓްލީ އަޅުން ތިބީ ޙާލެއް ނެތި ކަމަށެވެ. އަދި އެއީ ޙައްޤު މިންވަރު ކަމަށާއި ޖަޒީރާވަންތަކަމުގައި ތިބޭނީ ކަރަންޓާއި ނުލައި ކަމަށެވެ.އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވި ކަރަންޓުގެ މައްސަލަ އަދިވެސް ހައްލުވެފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެއް އިންޖީނުވަނީ ހަލާކުވެފައެވެ. އަދި ޕެނަލްބޯޑެއްގެ މައްސަލަވެސްވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ