އަރިސް ބޭފުޅުންނާ މައުމޫން ބައްދަލުކުރައްވަން ފައްޓަވައިފި

ޕީޕީއެމްގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދިފައިވަނިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާ ބައްދުލުކުރައްވަމުން އެބަގެންދަވަ އެވެ.
މިބައްދަލުވުން ކުރިއަށް ދަނީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ޕީޕީއެމްގެ އޮފީހުގަ އެވެ.
މިބައްދަލުވުމުގައި ދާދިފަހުން ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އުމަރު ނަސީރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެއިތުރުން މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު)އާއި ކުރީގެ ވަޒީރު ރާޝިދާ ޔޫސުފާއި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނާ ރައީސް މައުމޫނަށް ވަފާތެރި ޕީޕީއެމްގެ ކައުންސިލްގެ ބައެއް މެންބަރުން ވެސް ބައިވެރިވެ އެވެ.
މިބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ