ހާލު ދެރަވެގެން ސިންގަޕޫރުން މިހާރު ފަރުވާ ހޯދަމުން ގެންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ގާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ތިން މަސް ވަންދެއް ފަރުވާ ދޭން ޖެހޭނެ ކަމަށް އޭނާ ބެލި ޑޮކްޓަރު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓާ އިން ގާސިމް ބެއްލެވި ޑޮކްޓަރު މައިކަލް ލިމް ޗަމް ލެންގް ވިދާޅުވީ އެގޮތަށް ވިދާޅުވީ ގާސިމްގެ ބައެއް ޓެސްޓްތައް ހެދުމަށްފަހު ދެއްވި ލިއުމެއްގައެވެ.
ޑޮކްޓަރުގެ ސޮއިކުރެއްވުމަށްފަހު ގާސިމްއަށް ދެއްވި ލިޔުމުގައި ބުނެފައިވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވައިދޭ ނާރުތަކަށް މައްސަލައެއް ދިމާވެ ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ.
ގާސިމް އަށް ސިންގަޕޫރުން ތިން މަސް ދުވަހުގެ މުއްދަތަކަށް ފަރުވާ ދޭން ޖެހޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވި ނަމަވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ގާސިމް އަށް ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ 10 ދުވަހެވެ.
ގާސިމްގެ ހިތުގެ ޓެސްޓްތަކަށް ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި އަންނަ ހުކުރު ދުވަހު އޭނާ އެޑްމިޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގާސިމްގެ ހާލު ދެރަވެގެން އޭނާ ސިންގަޕޫރަށް މިދިޔަ ބުދަ ދުވަހު ފުރާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ ތިން އަހަރަށް އޭނާ ޖަލަށް ލާން ހުކުމްކޮށްފައިވަނިކޮށެވެ.
ގާސިމް އަށް ތިން މަސް ވަންދެއް ފަރުވާ ދޭން ޖެހޭ - ޑޮކްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ