ވެބްކެމް ޝިފާޒް: މިހާރު މައުމޫނަކީ “ގޮޅާބޯ” އެއް ނޫން އެއީ “އުސްތާޛް މައުމޫން” !

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުގައި މިހާރު ހިނގަމުންދާ ކަންތަކަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަ ހަގީގަތަކީ، ބަޔަކު މީހުން ވެރިކަމާއި ހެދީ މޮޔަވެގެން އުޅޭ ކަމެވެ. އެ މަގްސަދު ހާސިލްކުރުމަށްޓަކައި، ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް އެމީހުން ތިބީ ތައްޔާރުވެގެންނެވެ.
ދިގު 30 އަހަރު ދުވަހު ވެރިކަން ކުރެއްވި މައުމޫންގެ ފަރާތުން އަނިޔާ ލިބުނު މީހުންގެ ވާހަކަތަކަށް ފަސްއަޅައި ފޮރުވަމުން، އެމްޑީޕީ މެންބަރުން ދުވަން ފަށާފައިފިއެވެ. މައުމޫނަށް ވެސް މަޖުބޫރީ ހާލަތުގައި ލާދީނީ ސިޔާސަތާއި ގައިގޯޅިވާން މަޖުބޫރުވެއްޖެއެވެ.
މިހުރިހާ ކަމެއް މިހެން ހުއްޓަސް ލާދީނީ އެމްޑީޕީ އިން އަދި މައުމޫނު ވެސް މަސައްކަތް ކުރަނީ ވީހާ ވެސް ދުރުން ދުރުން އުޅެވޭތޯއެވެ. މިހެން ކަންތައް ކުރެއްވި ނަމަވެސް ބައެއް ފަހަރު ބޮނޑިއެއް ނުލިބި ސަލާމަތެއް ނުވެއެވެ.
ރޭ ކުނޫޒުގައި ހައެއްކަ  މީހުންނާއި އެކު ބޭއްވި ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުރި މަޝްހޫރު ކީބޯޑް ޝިފާޒް ވަނީ ބޮނޑިއެއް ބޮއެފައެވެ.
ޝިފާޒަކީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މައުމޫނަށް އަމާޒުކޮށް އެންމެ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި އެއް ބޭފުޅާއެވެ. އެހެން ނަމަވެސް ރޭގެ ޖަލްސާގައި “ރަނޑުވެފައި” ހުރެ މައުމޫނަށް ޝިފާޒު ގޮވާލީ “އަޅުގަނޑުމެންގެ އުސްތާޛް މައުމޫން” ގެ ނަމުންނެވެ.
މިއާއި އެކު ޖަލްސާގައި ތިބި އެމްޑީޕީގެ ބައެއް މެންބަރުން މަލާމާތުގެ ރާގަކަށް ހޭން ފަށައި “ހޯ ހޯ” ކިޔަން ފެށުމުން ފެންކަޅިވެފައި ކީބޯޑް ޝިފާޒް ކުޑައިރުކޮޅަކު އަނގައިން ވެސް ނުބުނެ ހުރިއެވެ.
އަމިއްލަ ނަފްސު ގަބޫލުނުކުރާ އެއްޗިހި ކިޔައިގެން ވެސް ކީބޯޑު ޝިފާޒަށް ވެސް މަޖުބޫރު ވެފައި ވަނީ އިސްތިއުފާދިން ނަޝީދު އަށް ވެރިކަން ހޯދައިދެވޭތޯ މަސައްކަތް ކުރުމެވެ. އެހެން ނޫނީ މަގާމު ގެއްލިދާނެތީ  ކީބޯޑު ޝިފާޒަކަށް މައުމޫނަށް ހުޝާމަދު ކުރުން ނޫން ގޮތެއް ނޯންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ