ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކަށް ލަތީފާ ގާސިމް ރައީސް މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަންއަކަށް ހުންނެވި ލަތީފާއަށް އެ މަގާމު ހަވާލުކުރައްވި ކަމުގެ ލިޔުން މިއަދު ވަނީ ހަވާލުކުރައްވައިފަ އެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފުގެ ކުރިމަތީގައި، ލަތީފާ ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައިފަ އެވެ.
ލަތީފާ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ހަމަޖެއްސެވީ ކުރިން މެމްބަރަކަށް ހުންނެވި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) މަގާމުން ވަކިކުރެއްވުމަށްފަހު އެވެ. ސަލީމް އެ މަގާމުން ވަކިކުރެއްވީ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ގެންދާތީ އެވެ.
ޖޭއެސްސީގެ ރައީސް މެންބަރަކަށް ލަތީފާ ގާސިމް އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ