ބަހްރޭނު ރައްޔިތުން ލުބުނާނު ދޫކޮށްލުމަށް ބަހްރޭނުން ގޮވާލައިފި

ލުބުނާނުގައި މިވަގުތު ތިބި ބަހުރޭނުގެ އެންމެހާ ރައްޔިތުން އެގައުމު ދޫކޮށްލުމަށް ބަހުރޭނުން ގޮވާލައިފި އެވެ.
ބަހުރޭނުން ގޮވާލާފައިވަނީ ލުބުނާނު ދޫކޮށްލުމަށާއި ލުބުނާނުގައި ތިބި ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.
ބަހުރޭނުން އެގައުމުގެ ރައްޔިތުންނަށް މި ބީދައިން ގޮވާލާފައިމިވަނީ ލުބުނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އެމަނިކުފާނުގެ އިސްތިއުފާ އިއުލާނު ކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ބަހުރޭނުގެ ހާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލުބުނާނުގައި ތިބި ބަހުރޭނު ރައްޔިތުން ލުބުނާނު ދޫކޮށްލުމަށް ގޮވާލީ، ބަހްރޭނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ