ތޫފާން ރާއްޖެއާ ދުރަށް ގޮސް މޫސުން ރީތިވާން ފަށައިފި

ލަންކާއާއި އިންޑިޔާ ސަރައްދުގައި އުފެދުނު ކޮޅިގަނޑާއެކު އުފެދުނު ތޫފާން  ރާއްޖެއާ ދުރަށް ގޮސް، މޫސުން ރީތިވެ އާންމު ހާލަތަށް ބަދަލުވާން ފަށައިފި އެވެ. 
ރާއްޖެއަށް ކުރިމަތިވި ތޫފާނާ ގުޅިގެން ފާއިތުވި ދެތިން ދުވަސް ތެރޭގައި ރާއްޖޭގެ އެކި ސަރައްދަށް ބޯކޮން ވާރޭ ވެހި، ކަނޑުތައް ގަދަވި ނަމަވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ތޫފާން ރާއްޖެއާ ދުރަށް ގޮސްފައިވާ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި ތޫފާނުގެ  އަސަރު މިހާރު  ރާއްޖެއަށް ނުކުރި ނަމަވެސް ދެކުނަށް މިއަދު ވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެ އެވެ. އަދި އުތުރާ މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. އަދި އެއީ ރާއްޖެ ސަރައްދުގައި އުފެދުނު ތޫފާނާ ގުޅިގެން ކުރާ ވިއްސާރަ ނޫން ކަމަށް ވެސް އެ އިދާރާއިން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ކަނޑުދަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ