ރާއްޖޭގައި ބޯޑަ ކޮންޓްރޯލު ސިސްޓަމެއް ގާއިމު ކުރުމަށް މެލޭޝިޔާގެ ނެކްސްބިޒްއާއެކުވީ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ދައްކަން އަންގާފައިވާ 15 މިލިއަން ރުފިޔާ ނުދެއްކުމުން ސަރުކާރު ގޮވައިގެން ކޯޓަށް ދާން އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު ވިދާޅުވެއްޖެއެވެ.
އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ނެކްސްބިޒްއަށް 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަންގާފައެވެ.
އެ ފައިސާ ސަރުކާރުން ދައްކާފައި ނުވާތީ ފައިސާ ދައްކާ ހާލާސް ކުރުމަށް އެ ކުންފުނިން ވަނީ މާޗު މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުއްދަތު ދީފައެވެ.
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ މުއްދަތު ހަމަވި އިރު ވެސް ސަރުކާރުން އެ ފައިސާ ދައްކާފައެއް ނުވެއެވެ.
އަމިތު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މުޅި ގައުމު ދަރުވާލާފައިވާ އިރު ނެކްސްބިޒް ފައިސާ ދެއްކުމުގެ ގާބިލުކަން ސަރުކާރަކު ނެތެވެ. Nexbis ah dhakkan Singapore Arbitration in hukumkuri 15M$ mi sarukaarah nudhekkunu. Evaruge capacity eh'ney. Faisa dhakkan Nexbis in dhin muhdhathu March 19th ah hamave, Singapore High Court ah mi sarukaar govaigen dhaan Nexbis in edhany thayyaar vamun. Mulhi gaumu dharuvaalaifi.— Mohamed Ameeth (@MohamedAmeeth) April 13, 2018
މި ހަބަރާ ގުޅޭ ގޮތުން ނެކްސްބިޒްގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ނެކްސްބިޒްއިން ފައިސާ ދައްކަން ދިން މުއްދަތު ހަމަވެ ކޯޓަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ