ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެއްޖެ

ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު އެލާޓުން ދައްކާގޮތުން މާލެ އަތޮޅުން ފެށިގެން ހުވަދު އަތޮޅާއި ހަމައަށް މޫސުން ގޯހެއެވެ.
އެ އެލާޓްގައި ވިދާޅުވެފައި ވަނީ، މާލެ އަތޮޅުން ފެށިގެން ހުވަދު އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 40 މޭލަށް ވައިގަދަވާނެ ކަަމަށެވެ.
މެޓް އޮފީހުން އެ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން މެންދުރު 14:30 އަށެވެ. މެޓް އޮފީހުން ވިދާޅުވީ،  މިއަދު ރާއްޖޭގެ ކަނޑުތައް މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ