ރައީސް މައުމޫނު ހުންނެވީ ގަދަކޮށް: ވަކީލު

ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހުންނެވީ ގަދަކޮށްކަމަށް ރައީސް މައުމޫނުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވީ މިއަދު މާފުށީޖަލަށް ރައީސް މައުމޫނުގެ ޤާނޫނީ ޓީމުން ޒިޔާރަތް ކުރުމަށްފަހު ކުރެއްވި ޓްވިޓެއް ގައެވެ."Raees Maumoon hunnevee hama gadha koh". @maumoonagayoom @yumna_maumoon pic.twitter.com/eWId15QTTD— Hussain Shameem (@HuShameem) February 12, 2018ނަމަވެސް ޝަމީން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
މިއީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫނު ހައްޔަރުކުރި ފަހުން ރައީސް މައުމޫނުގެ ވަކީލުން ރައީސް މައުމޫނާއި ބައްދަލު ކުރުމަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތު ރައީސް މައުމޫނުގެ މައްޗަށް ފުލުހުންވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ