ރައީސް ޔާމީން 2018 ކެންޕެއިނަށް ލީޑަރުން ތަމްރީނު ކުރުމުގެ ގޮތުން ބާއްވާ ކަނބަލުންގެ މަހާސިންތާ ފަށައިފި
ދިވެހި ކަނބަލުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ކަނބަލުންގެ މަހާސިންތާ ރަސްމީކޮށް މިއަދު ފަށައިފިއެވެ.އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ކަނބަލުންނަށް މައުލޫމާތުދިނުމަށާއި ދިވެހި ކަނބަލުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ކަނބަލުންގެ މަހާސިންތާ ދަރުބާރުގޭގައި މިއަދު ހެނދުނު ރަސްމީކޮށް ފަށާފައިވާއިރު، މި މަހާސިންތާގައި ތިންސަތޭކަ އަށްޑިހަ ކަނބަލުންވަނީ ބައިވެރިވެފައެވެ.މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަހާސިންތާގެ މިއަދު ހެނދުނުގެ ދަންފަޅީގައި މައުލޫމާތުދީފައިވަނީ ދޮރުން ދޮރަށް ހިނގުމާއި ގުޅޭގޮތުންނެވެ. އެގޮތުން މިއަދުގެ ދަންފަޅީގައި މައިގަނޑު ގޮތެއްގައި ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ ކެންޕެއިން މެސެޖް އެކުލަވާލުމާއި މެސެޖް ރައްދު ކުރުމަށް މީހުން ތައްޔާރު ކޮށް ކެންޕެއިން ޕްލޭނެއް އެކުލަވާލުމާއި އެކު އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ