ސިމްކާޑު ކުލޯން ކުރުމުގެ ހަޤީޤީ ބޭނުމަކީ ޝަޚްޞު އޮޅުވާލުން: މައުމޫން ހަމީދު

ސޯޝަލް މީޑިއާ އެކްޓިވިސްޓު ޠައްޔިބު ޝަހީމުގެ ސިމްކާޑު ކުލޯން ކުރުމުގެ ހަޤީޤީ ބޭނުމަކީ ޝަޚްޞު އޮޅުވާލުން ކަމުގައި މަޝްހޫރު ޤާނޫނީ ވަކީލު މައުމޫނު ޙަމީދު ވިދާޅުވެއްޖެއެވެ. މައުމޫން ޙަމީދު މިހެން ވިދާޅުވީ ރައީސް ނަޝީދަށް ތާޢީދު ކުރައްވާ މީހަކު ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ.
އެޓުވީޓުގައި ވަނީ ދިރާގުން އެކުންފުނީގެ ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރާ ކަމަށް ހާމަކުރާއިރު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ސޯޝަލްމީޑިއާ އެކްޓިވިސްޓު ޠައްޔިބު ޝަހީމްގެ ފޯން ސިމް އެކްސެސް ދިރާގުން ފުލުހުންނަށް ދޫކޮށްފައި ވުމަކީ ދިރާގުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމަށް އެއްވެސް ފިޔަވަޅެއްނާޅާ ކަމުގެ ހެއްކެއް ކަމުގައެވެ.
އައަށް ޖަވާބު ދެއްވަމުން ޤާނޫނީ ވަކީލު މައުމޫނު ޙަމީދު ވިދާޅުވިގޮތުގައި ދިރާގުން ފުލުހުންނަށް ޠައްޔިބުގެ ޝަޚްސު އޮޅުވާލުމަށް ބޭނުންވާ ވަސީލަތް ފޯރުކޮށްދީފައި ވުމަކީ ޝަޚްޞު އޮޅުވާލުމަށް އެހީތެރިވުން ކަމަށެވެ. އަދި އެއީ ޝަޚްޞު އޮޅުވާލުމުގެ ކުށެއް ކަމަށާއި ސިމްކާޑު ކްލޯން ކުރުމުގެ ހަޤީޤީ ބޭނުމަކީ މެސެޖުތައް ބެލުން ނޫންކަމަށާއި އަސްލުމީހާ ކަމަށް ހެދިގެން ބަޔަކަށް ދެއްކުން ކަމަށެވެ.
މީގެ އިތުން މައުމޫން ހަމީދު ވަނީ އަދި އެއީ ޝަޚްޞު އޮޅުވާލުމުގެ ކުށަށް އަރައިގަތުން ކަމުގައި ވިދާޅުވެ ޤާނޫނު ނަންބަރު: 2014/09 ޤާނޫނުލް ޢުޤޫބާތުގެ ޤާނޫނު 310 ވަނަ ބާބުގެ ޞައްޙަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި، މަކަރުވެރި ޢަމަލު ހިންގުމުގެ ދަށުން ޝަޚްޞު އޮޅުވާލުމުގެ 2 ނުކުތާއެއް ފާހަގަ ކުރައްވާފައިވެއެވެ. އެއީ 1. އޭނާގެ (ކުށްކުރާމީހާގެ) ޢަމަލުން އެހެން މީހަކަށް އެއްވެސް ގެއްލުމެއް ލިބުމާއި، 2. އޭނާގެ (ކުށްކުރާމީހާގެ) ޢަމަލުން އެހެން މީހެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ދެއްކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ