ކުށްމަދު އަމާން މާޙައުލެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުލީގެ ރައްޔިތުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މުލީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
އެޕްރީލް 25ވަނަ ދުވަހުފެށި މިޕްރޮގްރާމަކީ، ކުށްކުރުމުގެ ކުރިން ކުށުން ރައްކާތެރިވެތިބުމަށް އެޅެންހުރި ހަރުދަނާ ފިޔަވަޅުތައް އެޅުމާއި، ރައްޔިތުންނާއި ފުލުހުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
”ހައުސް ވިޒިޓް”ގެ ނަމުގައި މުލީގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި، ގޭގޭގެ ސެކިއުރިޓީ ކަންކަން ހުރިނެތްގޮތް ބަލައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ރަށުތެރޭގައި ހިންގާ ޖިނާއީ ކުށްތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމާއި ރަށުތެރޭގައި ހިންގާ ވައްކަންތަކާއި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރިއަށް ގެންދާ ކަންކަމަށް ހޭލުންތެރިވެ އެފަދަ ކަންކަމުން ސަލާމަތްވުމަށް ކުރަންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މުލީގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ