ފައިސާ ނެތިގެން ލ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް ހުއްޓާލައިފި

ފައިސާ ނެތިގެން ލ. އަތޮޅު ކައުންސިލް އިދާރާގެ މަސައްކަތްތައް ހުއްޓާލައިފި އެވެ. ލ. އަތޮޅު ކައުންސިލްގެ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ވިދާޅުވީ ކައުންސިލް އިދާރާގެ ބަޖެޓްގެ ހުރިހާ ތަފްސީލަކާއި ވައުޗާތައް މިދިޔަ މަހުގެ 17 ވަނަ ދުވަހު ގައުމީ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު ވެސް ބަޖެޓް ލިބިފައި ނުވާ ކަމަށާއި މިހާރު ކައުންސިލް އިދާރާއިން ކަރަންޓާއި ފޯނުގެ ހިދުމަތް ވެސް ކަނޑާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލްގެ ވެހިކަލްތަކަށް ތެޔޮ އެޅުމަށްފަހު އެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުލިބިގެން ކައުންސިލްގެ އިދާރާ ބަންދު ކުރުމަށް ވެސް އެ ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ކަމެއް ގައުމީ އިދާރާ މެދުވެރިކޮށް ކުރަން ޖެހުމުން ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ