ސިންގަޕޫރު ކޯޓުން ހުކުމްކޮށްފައިވަނީ އެއްބަސްވުމަށް ރިއާޔަތް ނުކޮށް ކަމަށް އިންޑިއާއިން ބުނެފި

އެއާރޕޯޓު ނެގުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށް ބުނެ ސިންގަޕޫރުގެ ކޯޓު އޮފް އެޕީލްއިން އިއްޔެ އިއްވާފައިވާ ހުކުމުގައި ޖީއެމްއާރާއި ސަރުކާރާއި ދެމެދުވެފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސައްޔިދު އަކުބަރުއްދީން ހުކުމު ދިރާސާ ކުރަމުންދާ ކަމަށް ބުނެފައިވާތީ އިންޑިއަން އެމްބަސީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މައްސަލައަށް ބަލާ އިރު ދެކަމެއް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ސިންގަޕޫރުގެ ކޯޓު އޮފް އެޕީލްއިން އިއްޔެ ނެރެފައިވާ ހުކުމުގައި ގައުމެއްގެ އިސްތިގުލާލާއި މިނިވަން ކަމަށް ރިއާޔަތްކޮށްފައިވީ ނަމަވެސް އެންމެ ފުރިހަމައަށް އެގްރިމެންޓައި އެއެގްރިމެންޓްުގެ ދަށުން ލިބެން ޖެހޭ ހައްގުތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.
އެހެން ކަމުން އެހުކުމަކީ އެކަންތައްތަކަށް ރިއާޔަތް ކުރެވިފައިވާ ހުކުމަކަށް ނުވާތީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރެވެން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ.
އަދި މިމައްސަލާގައި އިންޑިއާއިން ބޭނުންވަނީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވުން ކަމަށް ވެސް އިންޑިއާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ