18:10 މިހާތަނަށް ގުނި ވޯޓު ފޮށިތަކަށް ބަލާއިރު 1159 ވޯޓައި އެކު އަމީން އުޅުއްވަނީ ކުރީގައި، ޑރ.އަޝްރަފަށް ލިބުނީ 1078 ވޯޓު
17:40 ހުޅުދުއްފާރު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު އަމީނަށް 329 ވޯޓު ލިބިފައިވާ އިރު ޑރ.އަޝްރަފަށް ލިބިފައިވަނީ 368 ވޯޓު
17:28 މިހާތަނަށް ގުނި ވޯޓުން ކުރީގައި އުޅެނީ 162 ވޯޓާއި އެކު ޑރ.އަހުމަދު އަޝްރަފު، ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ 130 ވޯޓު
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީގުގެ ރ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް 80 އިއްސައްތައަށްވުރެ ގިނަ މީހުން ވޯޓް ލައިފިއެވެ.
އުނގޫފާރުދާއިރާގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ 2803 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މިހާތަނަށް 2288 މީހުންވަނީ ވޯޓްލާފައެވެ. ހަތަރެއް ޖަހާއިރު ވޯޓް ފޮށިތައް ކައިރީ ކިއު ނެތްނަމަ ވޯޓް ފޮށިތައް ބަންދުކުރަން ނިންމާފައިވާއިރު 1107 އަންހެހުންނާއި 1181 ފިރިހެނުން މިރާރުވަނީ ވޯޓްލާފައެވެ.
އުނގޫފާރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީއާއި ޕީޕީއެމްއިންވެސްދަނީ ވާދަކުރަމުންނެވެ. މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދާއިރު ވ ކެޔޮދޫ ކައުންސިލްގެ ގޮނޑިއެއްގެ ބައި އިލެކްޝަންވެސް މިއަދު ކުރިއަށް އެބަދެއެވެ. އެގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ ކެނޑިޑޭޓަކާއި ޑީއާރުޕީގެ ކެނޑިޑޭޓެކެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ