އިއްތިހާދު އެއާވޭސް ފްލައިޓެއް އެމަޖެންސީގައި ހުޅުލެއަށް ޖައްސައިފި

އިއްތިހާދު އެއާވޭސްގެ ފްލައިޓެއް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްން ފުރިތާ ގާތް ގަނޑަކަށް ދޮޅުގަޑިއެއްހާ އިރު ފަހުން އެމަޖެންސީގައި އަލުން އެނބުރި އައިއެންއައިއޭ ޖައްސައިފި އެވެ.
އެއާޕޯޓުގެ އޮފިޝަލަކު ދުވަހަށް ވިދާޅުވީ، މިރޭ 7:10 އެހައިކަންހާއިރު އިއްތިހާދު އެއާވޭސްގެ ފްލައިޓު ފުރައިގެން ދިއުމަށް ފަހު އަލުން އެ ފްލައިޓް 8:30 ކަން ހާއިރު އެއާޕޯޓަށް ޖައްސާފައި ވަނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި އެމަޖެންސީގައި އެ ބޯޓު އަލުން ޖެއްސުމުން އާންމު އުސޫލުގެ ދަށުން ކުޑަވަގުތުކޮޅަކަށް އެއާޕޯޓުގެ ރަންވޭ ބަންދު ކުރިނަމަވެސް މިހާރު ރަންވޭ ހުޅުވާފައިވާ ކަމަށާއި އެއާޕޯޓުގެ އެއްވެސް ޚިދުމަތެއް ހުއްޓިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ