ސައުދީގައި ކާފިއު އުވާލުމަށްފަހު މިސްކިތްތައް ހުޅުވާލަނީ. !

ސައުދީގައި ކޮވިޑް-9އިން ރައްކާތެރިވުމުގެ ގޮތުން ހިންގާފައިވާ ކާފިއު އުވާލައި މައްކާ ފިޔަވައި އެގައުުމުގެ ހުރިހާ މިސްކިތްތައް ހުޅުވާލަން ނިންމައިފި އެވެ. މި ބޮޑު ލުއ ދިނުމަށް ނިންމާފައިވަނީ މިމަހު 31 ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން އެތެރޭގެ އުދުހުންތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުން މަސައްކަތަށް ނިކުތުމުގެ ހުއްދަ ދިނުމަށް ވެސް ނިންމާފައިވެއެވެ.
މައްކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
އަންނަމަހުގެ 21 ވަނަ ދުވަހުން ފެށިގެން މުޅި ސައުދީ ގެ ލޮކްޑައުން އުވާލައި އާންމު ހާލަތަށް އެނބުރި ރުޖޫއަ ވުމަށްވަނީ ނިންމައިފައެވެ.
ސައުދީ އަރަބިއްޔާގައި މިހާތަނަށް 74 ހާހަށްވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 399 މީހުން މިބަލީގައި އެގައުމުން މަރުވެފައި ވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ