ދާއިރާގެ ކުރިއެރުމަށް ރ. އަތޮޅުގައި އެއާޕޯޓް އަޅަންޖެހޭ: އިނގުރައިދޫ ކައުންސިލްގެ ނައިބް ރައީށް

މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އާޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވީނަމަވެސް، ސަރުކާރުން އެކުލަވާލައިވާ ނޭޝަނަލް އެއާކަނެކްޓިވިޓީ ޕްލޭންގައި އެއާޕޯޓު އަޅާނެ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށާއި އެ ޕްލޭންގައި ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ހިމަނާފައި ނުވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ހާމަކުރުމުން އެކަމާ ކަނބޮޑުވެ ހިތާމަކުރައްވާކަމަށް ރ. އިނގުރައިދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ވިދާޅުވީ ރ އަތޮޅު އެއާޕޯޓް އެޅުމާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އެޕޮއިންޓްމަންޓްއަކަށް އެދިލައްވައިގެން އުޅޭތާ 9 މަސްވެގެންދިޔަ އިރުވެސް ބައްދަލުވެފައިނުވާކަމަށެވެ.
ރ. އަތޮޅުގައި އެއާޕޯޓް އެޅުމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވުމާއެކު ރ. އަތޮޅުގެ ބައެއް ރަށްތަކުގެ ރައީސުންނާއި އެކު އަތޮޅު ކައުންސިލްގެ ރައީސް އަދި ނައިބް ރައީސް ރިޔާސަތު ބަލަހައްޓަވާ އެތައް ބައްދަލުވުމެއް ވަނީ ބޭއްވިފައިކަމަށް އަބދުﷲ ވިދާޅުވިއެވެ.
"އެއާޕޯޓްގެ އުންމީދާއެކު އަޅުގަނޑުމެން އިނގުރައިދޫގެ ވަޑާންކުރާ ހަރުގެތައް ވަނީ ނަގާފައި. އެ ސަރަހައްދު އެއާޕޯޓާއެކު ގެސްޓުހައުސް ވިޔަފާރިއަށް ހާއްސަކުރުމަށްޓަކައި ކުރެވުމުނު ކަމެއްއެއީ. ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް އެއީ ހަމަ އެއާޕޯޓްގެ ސަބަބުން ރަށުގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލުގެނައުމުގެ ތެރެއިން ކުރެވުނުކަމެއް" އަބްދުﷲ ހަސަން ވިދާޅުވިއެވެ.
ރ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އަތޮޅުގެ އެންމެ އުތުރުގައި ހަދާފައިވާ އިފުރު އެއާޕޯޓުގެ ފައިދާ އަތޮޅުގެ ބޮޑުބަޔަކަށް ނުކުރެއެވެ. އެހެންކަމުން ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓްއެއް ހެދުން ވަނީ ވަރަށް މުހިންމު ކަމަކަށްވެފައެވެ. އެގޮތުން ގިނަ އަދަދެއްގެ ރިސޯޓްތައް ހަދަމުން ދިޔުމާއެކުވެސް އިތުރު އެއާޕޯޓެއް އުތުރުގައި އޮންނަން ޖެހޭކަމަށް އަތޮޅުގެ ގިނަ ރަށްތަކުގެ ރައްޔިތުން ދެކޭކަމަށް ރަށްރަށުގެ ކައުންސިލުން ވޮއިސް އަށް މައުލޫމާތު ދީފައިވެއެވެ.
މި މައްސަލާގައި އިނގުރައިދޫ ދާއިރާގެ މެންބަރަށް ތަކުރާރުކޮށް ގުޅާލުމުންވެސް ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.
މި މައްސަލާގައި ޓްރާސްޕޯޓުން ވިދާޅުވެފައިވަނީ "އޭގައި [އެ ޕްލޭންގައި[ ރ. އަތޮޅުގައި އެއާޕޯޓެއް އިންތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ހީވަނީ ރ. އަތޮޅަކީ ފުދޭވަރަކަށް ބޮޑަށް ސީޕްލޭން އިން ކަވާ ކޮށްފައި ހުރި ސަރަހައްދެއްހެން އެހާ ގިނަ ރިސޯޓު ހުރުމުން. [ރ. އަތޮޅުގައި]،" ސްޓޭޓް މިނިސްޓަރު ޒުހައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ