ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ހ. މީނާޒް މައުމޫން ހަމީދުގެ ނަންފުޅު މަޖިލީހުން ފާހެއް ނުވި އެވެ.
ޤާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށް ބަޔާންކުރައްވާފައިވާއިރު، މިނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވާފައިވަނީ 36 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދާ އިންޓަވިއު ކުރެއްވުމަށްފަހު ކޮމެޓީން އޭނާއަށް ދީފައި ވަނީ 65 ޕަސެންޓް މާކުހެވެ. ކޮމެޓީން ފާސްވާން ބޭނުންވަނީ 75 ޕަސެންޓް މާހުކެވެ.
ފާސްވާ މިންވަރަކަށް މައުމޫން ހަމީދަށް މާކްސް ނުލިބުމުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައި ވަނީ އޭނާ ޕީޖީއަކަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ.
މައުމޫން ހަމީދު ޕީޖީއަކަށް އައްޔަން ކުރަން މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތެއް ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ