ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ނަމަ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ވަނީ ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން، ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ނަމަ އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
މިހާރު އަމަލުކުރާ އުސޫލުގައި އިސް ފަނޑިޔާރުން ދުރުކުރެވޭނެ ގޮތެއް ނޯވެ އެވެ. މިހާތަނަށް އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ފަނޑިޔާރަކު އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދެއްވުމުން ނޫން ނަމަ އެ ފަނޑިޔާރަކު، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި ނަމަ އެވެ.
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލަނީ ޖޭއެސްސީންނެވެ. އެ މަގާމަށް ކުރިމަތިލައްވާ ފަނޑިޔާރުންނާ އިންޓަވިއުކޮށް، މަގާމަށް ބޭފުޅަކު ކަނޑައަޅަން ޖެހެނީ އެ ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ