ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި އޮޕަރޭޝަނަލް ފެންވަރު މަތިކުރުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އެލިއާ އިން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ރިސޯޓުތަކާއި ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ޖުމްލަ 48 ބޯޓު ކެޕްޓަނުން ބައިވެރިވެ އެވެ.
މިހާރު 12 ވަނަ އަހަރަށް ކުރިއަށްދާ މި ހަރަކާތަކީ ރާއްޖޭގެ ބޯޓު ކެޕްޓަނުންގެ ފަންނީ މައުލޫމާތާއި އަމަލީ ހުނަރުތައް ތަރައްގީކޮށް ވަރުގަދަކުރުމަށް ކޮންމެ އަހަރަކު ހިންގާ ޕްރޮގްރާމެކެވެ.
ތަފްސީލް - މި އަހަރުގެ ޕްރޮގްރާމްގައި މުހިންމު ބައިތަކެއް ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި:
ކަނޑުދަތުރުފަތުރުގެ ގަވާއިދުތައް
ނެވިގޭޝަން ރައްކާތެރިކަން
ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް
ފަސްޓް އެއިޑް
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން
އުޅަނދުފަހަރު ދުއްވުމުގައި ގެންގުޅޭނެ އެންމެ ރަނގަޅު އުސޫލުތައް
މީގެ އިތުރުން، ބައިވެރިންނަށް ޔަމަހާ އައުޓްބޯޑް އިންޖީނު މަރާމާތުކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމާާ ބެހޭ އަމަލީ ތަމްރީނުތައް ދޭނެ އެވެ. މިއީ ކަނޑުމަތީގައި އުޅޭއިރު މަސައްކަތްތައް ހަރުދަނާކުރުމަށާއި ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ފާހަގަކޮަށްލެވޭ - ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ، މައުލޫމާތު ހިއްސާކުރުމާއި ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސިނާއަތް ކުރިއެރުވުމަށް އެލިއާ އިން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ބައެކެވެ.
ރާއްޖޭގައި ޔަމަހާ އައުޓްބޯޑް އިންޖީނު ފޯރުކޮށްދޭ ހަމައެކަނި ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، ކަނޑުމަތީގެ މަސައްކަތްތައް މިއަށް ވުރެ ރައްކާތެރި އަދި ހަރުދަނާ ކުރުމަށް އެހީތެރިވެދޭ ފުރިހަމަ ތަމްރީނު ފުރުސަތުތައް ފޯރުކޮށްދިނުމުގައި އެލިއާ އިން އަބަދު ވެސް މަސައްކަތް ކުރެ އެވެ.
އެލިއާ އާއި އެމްއައިޓީން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ