މިއަހަރުވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނުބާއްވާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުވަތަ ރިސެޕްޝަން މި އަހަރު ވެސް ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ.މިދިޔަ އަހަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނުބާއްވަ އެވެ.މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގަ އެވެ. އެ ޖަލްސާގައި ރައީސް ޤައުމާ މުޚާޠަބު ކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ