ހިޔާ ފްލެޓް ލިބުުނު ފަރާތްތައް ހިމެނޭ ހިޔާ ޔޫނިއަނުން މިއަދު ސުލްހަވެރި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ހިޔާ ފްލެޓްތަކުގެ ވަޒަންވެރީން ތަމްސީލުކުރާ ހިޔާ ޔޫނިއަނުން މިއަދު ބުނީ މި އެއްވުން ބާއްވަން ނިންމާފައިވަނީ، ހިޔާ ފުލެެޓުތައް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީކަމަށެވެ.
"ފުރަތަމަ ނުކުތުން"ގެ ނަމުގައި ކުރިޔަށްގެންދާ މި އެއްވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ، 16:05 އިން 16:40 އަށް ހުޅުމާލޭ ފޭސް 2 ގެ (H08 އާއި H12) އާއި ދެމެދުގައިކަމަށް ހިޔާ ޔޫނިއަނުން މައުލޫމާތުދެއެވެ.
ހިޔާ ޔޫނިއަނުން ބުނީ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހިޔާ ޔޫނިއަންގެ ފެންވަރުގައި އެހީތެރިވެދިނުމަކީ އެ ޔޫނިއަންއަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ކުލި -/5600ރ އަށް ހަދައި، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގްރޭސްޕީރިއެޑް 12 މަހަށް ހެދުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާއަށް ހޭދަވާ -/100،000ރ މަޢާފްކޮށްދިނުމަށް ފްލެޓް ލިބުނު 2177 މީހުން ސޮއިކޮށް 1 ޖޫން 2021 ގައި ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ހިޔާ ޔޫނިއަނުން ރައީސް އޮފީސް، ހައުސިން މިނިސްޓްރީ އަދި އެޗްޑީސީއާއެކު ފާއިތުވީ 2 މަސް ދުވަހު ކުރެވުނު މަސައްކަތްތަކުން އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ.
ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު މިހާރު އެގްރީމެންޓްގައި ސޮއިކުރަން ފަށާފައި ވާއިރު، ފްލެޓްތަކުގެ ކުލީގެ މައްސަލައާއި، ފްލެޓްތަކަށް ވަނުމުގައި ހުރި ދަތިތަކާއި، ޚިދުމަތްތަކާ ގުޅޭގޮތުން ހިޔާ ޔޫނިއަނުން ގެންދަނީ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައި ހައްލުތައް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރައީސް އޮފީސހާއި، ހައުސިން މިނިސްޓްރީ އަދި އެޗްޑީސީގެ އިތުރުން، ހިޔާ ޔޫނިއަނުންވަނީ ބީއެމްއެލްއާވެސް ބައްދަލުކޮށްފައެވެ.
މިއަދު ހަވީރު ހިޔާ ޔޫނިއަނުން ސުލްހަވެރި އެއްވުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ