މޫސުން ގޯސްވާނެތީ ހއ. އިން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް)އިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އިން އދ. އަތޮޅާ ހަމައަށެވެ. އެ އެލާޓް ނެރުނީ މިއަދު މެންދުރު 14:30 އިން އިރުއޮއްސި 18:30އާ ހަމައަށެވެ. މެޓް އޮފީހުން ލަފާ ކުރަނީ އެ ސަރަހައްދުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ، ވިލާގަނޑުގައި 25 މޭލަށް ވައި ގަދަވާނެކަމަށެވެ. މީގެ އިތުރުން މާދަމާ އުތުރު އަދި މެދުރާއްޖޭގެ ރަށްތަަކަށް ވައިގަދަ ވުމުގެ އިތުރުން ދެކުނުގެ ރަށްތަކަށް ގަދަ ވަޔާއެކު ވިއްސާރަ ވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ. ހަމައެއާއެކު ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ގަދަ ވަޔާއެކު ވިއްސާރަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މެޓް އޮފީހުންވަނީ އެންމެންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ