ސަމިޓްގައި ތިމާވެށީގެ މައްސަލަ ހައްލު ކުރާނެ މެކޭނިޒަމެއް ގާއިމު ކުރަން އެއްބަސްވި: މައުމޫނު

ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ސަމިޓްގައި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ދިރާސާކޮށް އެ މައްސަލަތަކުގެ ހައްލު ހޯދަން ނިޒާމެއް އެކުލަވައިލުމަށް އެއްބަސް ވެވިފައިވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ސަމިޓް ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ނޫސްވެރިން ބައްދަލު ކުރައްވާ ރައީސް މައުމޫން ވިދާޅުވީ މީގެ ކުރިން ސަމިޓް ތައް ބޭއްވި މަޝްވަރާ ކުރެވުނު ނަމަވެސް ހައްލެއް ފެނިފައި ނުވާ ކަމަށެވެ. އެހެން ކަމުން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މެކޭނިޒަމެއް އެކުލަވައިލުމަށް މިފަހަރުގެ ސަމިޓްގައި ގައުމުތަކަށް އެއްބަސް ވެވިފައިވާ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވި ފަދައިން މެކޭނިޒަމްއެއް ގާއިމް ކުރުމަށް އެއްބަސް ވެވިފައި ވަނީ،" މައުމޫނު ވިދާޅުވިއެވެ
.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ތަކުގެ ސަމިޓްގައި މައުމޫނު ދެއްވި ތަގުރީރުގައި ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކަކީވެސް ކަންކަމުގައި އިސް ނަގާ އުޅެވޭނެ ގައުމުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ދައްކައިދީފައިވާ ކަމަށާއި، ބައިނަލްއަގުވާމީ ސިޔާސީ މައްސަލަތަކުގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތައް ވެސް ކުރިއަރާފައިވާ ކަމަށެވެ. ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސް ވަމުންދާ ދިޔުމަށް ދުނިޔޭގެ ސަމާލުކަން 1987 ވަނަ އަހަރު ރާއްޖެއިން ހޯދައިދީ އެ މައްސަލައިގައި އދ. ހޭލައްވާލި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ