މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު މާދަމާ ހުޅުވާލަން އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
މީގެ އިތުރުން ހާއްސަ ތަފުސީލް އިނާމާބެހޭ ކޮމިޓީން މާދަމާ ރައީސް އޮފީހުގައި ނޫސްވެރިންނަށް ދޭން ވެސް ވަނީ ނިންމާފަ އެވެ.
މި އިނާމު ދެނީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމަށެވެ.
އިނާމު ދެނީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމާއި ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އަދު ނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުމާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލު ކުރުމާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ޚާއްޞަ އިނާމު މިހާރު ދެމުން ގެންދާ ދާއިރާތައް އިތުރަށް ފުޅާކުރައްވައި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން ތަފާތު ބައިތަކުން އިނާމަށް ފުރުޞަތު ހުޅުއްވާލެއްވުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން، އެކަމަށް ކޮމިޓީން ރިޢާޔަތް ކުރައްވައި، ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން މިއަހަރު ހަތަރު ދާއިރާއަކުން އިނާމު ދެއްވުމަށް ހުޅުއްވާލެއްވުމަށްވަނީ ނިންމަވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް، ނަން ހުށަހަޅަން މާދަމާ ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ