ޗެކް ބައުންސް މައްސަލަތަކުގެ ސެންޓެންސިން ޕޮލިސީ ކްރިމިނިލް ކޯޓުން އިސްލާހު ކޮށްފި

ޗެކް ބައުންސް މައްސަލަތަކުގައި ކްރިމިނަލް ކޯޓުން އަމަލުކުރަމުން އައި ސެންޓެންސިން ޕޮލިސީއަށް ބަދަލު ގެނެސްފި އެވެ.ކްރިމިނަލް ކޯޓުގެ ޗެކް ބައުންސް މައްސަލަތަކުގެ އާ ޕޮލިސީގައި ކޯޓުން ބޭރުގައި ނުވަތަ ކޯޓަށް ހާޒިރުރުވެ ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.މީގެ އިތުރުން ބައުންސް ޗެކް މައްސަލަތަކުގައި ކޯޓުން ބޭރުގަ އާއި ކޯޓަށް ހާޒިރުވެ ފައިސާ ދެއްކުމުން މައްސަލަ އަނބުރާ ފޮނުވާލުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އާ އިސްލާހުގައި އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުން ޝަރީއަތް ހިންގަން ޖެހިއްޖެނަމަ ދައުވާ ލިބޭފަރާތާއި މެދުގައި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމެވެ. މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު، އެމައްސަލައެއްގެ އަޑުއެހުންތައް ބާއްވައި ޝަރީއަތް ހިންގަންޖެހިއްޖެނަމަ އަނބުރާ ފޮނުވާލުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ގެއްލިގެން ދެ އެވެ. އާ ޕޮލިސީއަށް ކްރިމިނަލް ކޯޓުން ޢަމަލު ކުރަންފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ